މަރުގެ ޙުކުމް ތަންފީޒު ކުރުމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ މުސްލިމުން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޝެއިޚް އަޙުމަދު ސަމީރު ކުރީގެ ރައީީސް މައުމޫން ޢަބްދުލްޤައްޔޫމަށް ރައްދު ދެއްވައިފިއެވެ.
ރާއްޖޭގައި މަރުގެ އަދަބު ދިނުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީީސް މައުމޫން ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ، މަރުގެ އަބަދު ރާއްޖޭގައި ދިނުމަކީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ސަމީރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ ޙުކުމަށް އިންކާރު ކުރާ މީހުންގެ ބުއްދިއާ މެދު ވެސް ސުވާލު އުފެދޭ ކަމަށާއި އެއީ ހޭބުއްދިވާ އިސްލާމުން ދައްކާނެ ވާހަކައެއް ނޫން ކަމަށެވެ.
މަރުގެ އަދަބު ދިނުމާ ދެކޮޅަށް މައުމޫން ތަކުރާރުކޮށް ވާހަކަ ދައްކަވާތީ ކުރިން ވެސް އެ މަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަން މިދިޔަ މަހުގެ ތެރޭގައި އިއުލާން ކުރުމާ ގުޅިގެން ވެސް މައުމޫން އެކަމަށް ފާޑު ވިދާޅުފައިވެއެވެ.
