ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕް (އެޗްސީއައިޖީ)ގެ އިސްވެރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެޗްސީއައިޖީގެ އެމްޑީ ކައި ޑިއަންވޭ އާއި އެ ކުންފުނީގެ އިސްވެރިން އިއްޔެ ވަނީ އެމަނިކުފާނުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވާފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފްދު ޗައިނާއަށް ވަޑައިގެންނެވުމުން އެ ޤައުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު އެ ޤައުމުގެ ބޮޑެތި ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ޤައުމުގެ ވެރިންނާއި ރައީސް މުޢިއްޒު ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.
