ހުޅުމާލޭގައި ”ކޮމާޝަލް ސްޕައިން“ އޭރިއާގައި ހަތް އިމާރާތެއް އެޅުމަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓްއާ މިއަދު ޙަވާލު ކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ”އިންވެސްޓް މޯލްޑިވްސް“ ފޯރަމްގައެވެ.

މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

50 މިލިއަން ޑޮލަރުގެ މި މަޝްރޫޢު ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ކުންފުންޏަށް ހަވާލު ކޮށްފައިވަނީ 2 އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.

”ކޮމާޝަލް ސްޕައިން“ގެ ދަށުން ހަދާ ހަތް އިމާރާތުގައި ރީޓެއިލް ފިހާރަތަކާއި ވެލްނެސް ޚިދުމަތްތަކާއި އެންޓަޓެއިންމެންޓް ޚިދުމަތްތަކާއި ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް މަޢުލޫމާތު ދީފައިވެއެވެ.