ތިމާވެއްޓާ ރައްޓެހިކޮށް ”މޯލްޑިވްސް އިކޯ ސިޓީ“ގެ ގޮތުގައި މި ސަރުކާރުން ތަރައްޤީ ކުރަން ނިންމާފައިވާ ރަސްމާލޭގައި 30،000 ގެދޮރު ޗައިނާގެ އެހީގައި ބިނާކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއީ އިއްޔެ ޗައިނާއާ އެކީ ރާއްޖެ އިން ސޮއިކުރި ގިނަ އެއްބަސްވުންތަކުގެގެ ތެރޭގައި ހިމެނޭ އެއްބަސްވުމެއްގެ ތެރެއިން ލިބޭ އެހީއެއް ކަމަށް ސަރުކާރުން ބުނެއެވެ.
އިއްޔެ ޗައިނާއާ އެކީ ރާއްޖެ އިން 20 އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
ކ.ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީ ކުރަން ހަމަޖެހިފައިވާ ރަސްމާލޭގައި ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނޭ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ސަރުކާރުން އަދި ނުދެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ އިތުރު މިކަމާ ގުޅޭ އިތުރު ތަފުސީލުތައް ފަހުން ހާމަކުރާނެ ކަމަށެވެ.
