މާލެ ސިޓީގެ މޭޔަރު ހޮވަން، މިމަހުގެ 13 ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަނުގައި މިސްޓޭކެއް ހަދައިގެން ނުވާނެ ކަމަށް ކުރީގެ ރައީީސް، އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ޞާލިޙު މިހެން ވިދާޅުވީ، އެމްޑީޕީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ދެ މަސް ނުވާ އައު ސަރުކާރުން ރައްޔިތުން މާޔޫސް ކޮށްލައިފި ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
”މުޅި ރާއްޖޭގެ ރައްޔިތުން ވެސް، މިއަދު ތިބީ، މި ކުރެވުނު ކަންތަކާ ދޭތެރޭ ކަންބޮޑުވެފަ.“ރައީސް ޞާލިޙު ވިދާޅުވިއެވެ.
ޞާލިޙު ވިދާޅުވީ، އެމްޑީޕީ މިއަދު އޮތީ އިދިކޮޅު ޕާޓީގެ ގޮތުގައި ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރިހައި ކަމެއްވެސް އެ ޕާޓީން ކުރާނެ ކަމަށެވެ. ސަރުކާރަށް މިހާރު ވަގުތު ދެވިއްޖެ ކަމަށާއި، ދެން މަޑުން ނުތިބޭނެ ކަމަށް ވެސް ކުރީގެ ރައީސް ޞާލިޙު ވިދާޅުވިއެވެ.

ބޮޑުވަޒީރު ގުޅާފަ ބަވާލީ ދޯ