މުދަލު ޒަކާތުގެ ނިޞާބު ކުޑަކޮށް ދަށްވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު މުދަލު ޒަކާތުގެ ނިސާބުގެ ނިސްބަތަކީ 7،140 ރުފިޔާ ކަމަށެވެ.
ދެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރެން ޖެހޭނީ މިހާރު ކަނޑައެޅިފައި އޮތް މިންވަރެވެ.
މިދިޔަ ދެ ފަހަރެއްގެ މަތިން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު އައެވެ. އެގޮތުން މެއި މަހު ނިޞާބަށް ކަނޑައެޅު މިންވަަރަކީ 7،312.55 ރުފިޔާއެވެ.
ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 40 ބައިކުޅަ އެއްބައި ނުވަތަ 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ވާޖިބެކެވެ.
ނިޞާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.
