މިރޭ ފަރުކޮޅުފުށީގައި ހަވާ އަރުވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހަވާ އަރުވަން ހަަމަޖެހިފައިވަނީ މިރޭ ފަރުކޮޅުފުށީގެ ބޭރުން 22:00 ގައި ކަމަށެވެ. ހަވާ އަރުވާނީ ތިން މިނެޓަށް ކަމަށް ވެސް އެމްއެމްޑީއެފުން ބުނެއެވެ.
މިރޭ ހަވާއަރުވަނީ ފަރުކޮޅުފުށީގައި ބާއްވާ ޕްރައިވެޓް ހަފުލާއެއްގެ ތެރެއިންނެވެ.
ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށްނަމަ ހަވާއަރުވައި ދެނީ ކޮންމެ މިނިޓަކަށް ގާތްގަނޑަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.
