ޕީޕިއެމް/ޕީއެންސީގެ ޓިކެޓުގައި މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 27 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މީގެ ކުރިން އެ ކޯލިޝަނުން ޕްރައިމަރީ ބާއްވަން ނިންމީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އެ ޕްރައިމަރީގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރުމަށް 354 ފޯމުވަނީ ހުށަހަޅައިފައެވެ.

މަޖިލީހުގެ ހުރިހައި ދާއިރާއަކަށް އެކޯލިޝަންގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލިއިރު، 10 ދާއިރާއެއް ފިޔަވައި އެހެން ހުރިހައި ދާއިރާއެއްގެ ޕްރައިމަރީ ބާއްވާނެއެވެ.

10 ދާއިރާއެއްގެ ޕްރައިމަރީ ނުބާއްވަނީ އެދާއިރާތަކަށް ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި ކޮންމެ ދާއިރާއަކަށް ވެސް އެންމެ ފަރާތަކުން ފޯމު ހުށަހަޅާފައިވާތީއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ޓިކެޓް ލިބޭނީ ޕީޕިއެމް އަދި ކޮންގްރެސް ޕާޓީގެ މެންބަރުންނަށް އެކަންޏެވެ.