ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މިއަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފަހުން ހަމަޖެއްސި ތާރީޚަކީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
މި ޕްރައިމަރީގައި ވޯޓު ލެވޭ މެންބަރުންގެ ލިސްޓް ޕީއެންސީގެ ވެބްސައިޓްގައި ވަނީ ޢާންމު ކޮށްފައެވެ.
ވޯޓު ލެވޭ މީހުންގެ ލިސްޓުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ، މައްސަލައިގެ ތަފްޞީލާއެކު ލިޔުމުން މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން ޕީއެންސީ އޮފީހަށް ނުވަތަ registrar@pmnc.mv އަށް ފޮނުވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެދިފައެވެ.
މި ތާރީޚުގެ ފަހުން ފޮނުވާ އެއްވެސް ޝަކުވާއެއް ބަލައިނުގަނެވޭނެކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެއެވެ.
