އިސްރަށްވެހިންނަށް ޚާއްޞަ ކްލިނިކެއް އައިޖީއެމް ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.
މި ކްލިނިކް ހުޅުވައިފައި ވަނީ އިއްޔެއެވެ. ކްލިނިކް ހުޅުވުމާއިއެކު އިސްރަށްވެހިންނަށް ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ޚިދުމަތް ރަސްމީކޮށް ތައާރަފްވެގެންދާނެއެވެ.
މި ޚިދުމަތް ތަޢާރަފް ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޞިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ އެ ޚިދުމަތް ލިބޭގޮތްވުމަކީ ޒަމާންތަކެއް ވަންދެން އިސްރަށްވެހިން ކުރަމުން އައި އުންމީދުތަކެއް ޙަޤީޤަތަކަށް ވެގެން ދިއުން ކަމަށެވެ.
އެ ޚިދުމަތާއެކު އިސްރަށްވެހިންނަށް ޚާއްޞަ ސަމާލުކަމެއް ދީ އެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އިތުރު މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހައި އަތޮޅަކަށް އެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކައިރި މުސްތަޤްބަލެއްގައި މި ޚިދުމަތް ތަޢާރަފު ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނީ ކޮންހިސާބެއްގައިތޯ މިހާރުވެސް ބަލަމުން އަންނަ ކަމަށެވެ.
