މާލޭގައި ހުންނަ ރެސްޓޯރެންޓެއްގައި ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.
މި ހާދިސާ ހިނގައިފައި ވަނީ ކިނބިގަސް މަގުގައި ހުންނަ އެންޖީބީ ކެފޭގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބުނުއިރު، އެ ރެސްޓޯރެންޓުގެ ސްރީ ލަންކާގެ ޝެފަކަށް ވަރަށް ބޮޑަށް އަނިޔާވިއެވެ.
ނަމަވެސް ތިން މީހުން ވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހައިތަނަށް އެނގިފައިނުވެއެވެ.
ކިނބިގަސްމަގުގައި ހުންނަ އެންޖީބީ ކެފޭގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުން. މި ހާދިސާގައި 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓްވަނީ ލިބިފައި. pic.twitter.com/zaaefO5e89
— Maldives National Defence Force (@MNDF_Official) January 17, 2024
ފަހަކަށް އައިސް ގޭސްފުޅި ގޮވުމުގެ މިފަދަ ހާދިސާތައް ހިނގުން އަންނަނީ އިތުރުވަމުންނެވެ.

މޯލްޑިވްސް ގޭސް އިން ވަރަށް ފަރުވާކުޑަ، މި ގެޔަށް ގެނައި 2 ފުޅި ލީކްވެގެން ގޭގަ ގޭސް ދުވާތީ ގުޅާ އެތަށް ފަހަރަކު ޝަކުވާ ކުރި ފަހުން ގޭސް ފުޅި ބަދަލުކޮށްދިނީ އެއީ ގުޅިތާ 3 ދުވަސް ފަހުން ، އޭރު ލީކް ވެގެން ގޭސް ފުޅި ހުސްވެއްޖެ. ޢައިއްސަ ބަލާފަ ބުނި ގޭސް ލީކްވެފައޭ ހުރީ ﷲ ގެ އިރާދަފުޅުން މީހެއްގެ ފުރާނަ ނުގެއްލުނުކަން. މިކަމުގެ އިހްމާލުވިޔަސް ފިޔަވަޅު އަޅާނެ ބަޔަކު ނެތް. ވަރަށް ދެރަ ކަންކަން