ބާޒާރުގައި މި އަހަރުގެ ރޯދަ މަހު ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތެއް ތައާރަފުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ”ހަފުތާ 14“ ގައި ކަނޑައަޅުއްވާފައިވެއެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސައިން އިސްމާޢީލް ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ތަކެތީގެ އަގުތައް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރޯދަ މަހު ކޮންޓްރޯލް އަގެއްގައި ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަގުތައް ކޮންޓްރޯލް ކުރުމާއި ގުޅޭ މަސައްކަތްތައް މި ހަފުތާގައި ފެށިގެންދާނެ ކަމަށާއި، ދަ މަހު އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތި ބޭނުންވާ މިންވަރު ދެނެގަނެ ބާޒާރަށް ނެރެވެން ހުރި މިންވަރާއި އިތުރަށް ބޭނުންވާ މިންވަރު ދެނެގަންނާނެ ކަމަށެވެ.

ބާޒާރަށް ނެރެވެން ހުރި އަދަދު އެނގުމުން ރާއްޖެއިން ބޭރުން ތަކެތި ގެންނަން ޖެހޭނަމަ އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.