އަމިއްލަ ފަރާތްތަކެއްގެ އެހީތެރިކަމާއިއެކުގައި، ހުޅުމާލެގައި އިތުރު ދެ މިސްކިތާއި މާލެގައި ތިން ފަންގިފިލާގެ މިސްކިތެއް އެޅުމަށް ފުރުޞަތު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ފޭސްބުކް އަދި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ފަރާތްތަކެއްގެ ދީލަތި އެހީގައި ހުޅުމާލެގައި އިތުރު ދެ މިސްކިތް، މާލެގައި ތިން ފަންގިފިލާގެ މިސްކިތެއް އެޅުމަށް ފުރުޞަތު ލިބިފައި ވާ ކަމަށެވެ.

އަދި އެ ފަރާތްތަކަށް އެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދޮޅުއަހަރު ތެރޭގައި މި ތަންތަނުގެ މަސައްކަތް ނިމޭނެ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް މިދިޔަ ޑިސެމްބަރުގައި މިނިސްޓްރީން ވަނީ އެ ފުރުޞަތު ހުޅުވައިލައިފައެވެ.