މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް އައިސްފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވީ ރޭ އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ. ފައްޔާޒު ވިދާޅުވީ އަނިޔާވެރިކަމާއި އޮޅުވާލުމާއި ހުދުމުޚްތާރުރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރަން މިހާރު މިއޮތީ ޖެހިފައި ކަމަށެވެ.

”الله ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެ.“

ފައްޔާޒު ކުރެއްވި ޕޯސްޓުގައި ނުސީދާކޮށް ސަރުކާރަށް ފާޑު ވިދާޅުވީއިރު، ސާފުކޮށް ސަބަބު ހާމައެއް ނުކުރައްވައެވެ.

ފައްޔާޒު ފާޑު ވިދާޅުވި އައު ސަރުކާރަށް އަދި ދެ މަސް ވީއިރު، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ޙާސިލު ކުރަން ރާވައި، އެ ކަންކަމަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވެސް ދަނީ ކުރަމުންނެވެ.