ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށާއި، ކައުންސިލުން ނިންމީ ކައުންސިލް ފްލޯރއަށް ހުށައަޅައި މަޝްވަރާކުރެވުނު މައްސަލައެއް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިޔަތުން އެގޮތަށް ބޭނުންވުމުން ކަމަށް މާލޭގެ އެކްޓިން މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ، ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލުގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްތެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
”ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ!“ ނަރީޝް ވިދާޅުވިއެވެ.
ނަރީޝް މިހެން ވިދާޅުވީ، މިއަދު ސިޓީ ކައުންސިލުން ނިންމެވި ނިންމެވުމަކާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ.
”މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، އަދި ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލަން. އަދި މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ދަންނަވަން.“ އާދަމް އާޒިމް ވިދާޅުވިއެވެ.

ވެރިޔާ ދަންނަވަންތޯ! ތިޔަ ވިދާޅުވަނީ އަނބިން ފިރިންނަށް ނުފޫޒު ނުފޯރުވައޭ ބުނުން ކަހަލަ ވާހަކައެއް. ތިޔަ ކަހަލަ ވާހަކައިން އަހަރުމެން ލައްކަ މަސައްކަތުން ގެންނަ ސަރުކާރު ނިކަމެތި ވަނީ. ގަޓުގަ ބުނެވެން ޖެހޭނެ ކަން އޮތް ގޮތަށް. ސަރުކާރުން ވެސް ރައީސް މުއިއްޒު ވެސް އަންގަވާ ކޮންމެ ކަމަކަށް ކައުންސިލުން އާނ ބުނާނެ. އެއީ މި ސިޓީއަށް އެންމެ ރަނަގަޅު ގޮތް. ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް އޯކޭ