ލ. ފޮނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މޯލްޑިވްސް އިމިގްރޭޝަނުން މަސައްކަތް ފަށައިފިއެވެ.

ޕާސްޕޯޓުގެ ޚިދުމަތް ފެށުމުގެ ގޮތުން އިމިގްރޭޝަންގެ އިސްބޭފުޅުން އިއްޔެ ފޮނަދޫގެ އިސްވެރިންނާ ބައްދަލު ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އިމިގްރޭޝަނުން ބުނީ، ލ. އަތޮޅުގައި ޚިދުމަތް ޤާއިމު ކުރުމަށް މަޝްވަރާ ކުރެވުނީ ފޮނަދޫ ކައުންސިލާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ އައްޑޫއާއި، ކުޅުދުއްފުށި، އަދި ފުވައްމުލައްގެ އިތުރުން ތިނަދޫގައި ޕާސްޕޯޓު އިޝޫ ކުރުމުގެ ޚިދުމަތް އަވަސް ކުރުމުގެ މަސައްކަތް ފަށާފައެވެ.