އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލުކުރައްވައިފިއެވެ.

ދެ ވަޒީރުން ބައްދަލުކުރައްވާފައިވަނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓުގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޤާއިމުވެތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ގެންދިއުމާ ގުޅޭގޮތުން ރާއްޖެއާއި އިންޑިއާއާދެމެދު ކުރަމުންދާ ހައި-ލެވެލް މަޝްވަރާތަކާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ނިންމުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ނަން-އެލައިންޑް މޫވްމަންޓް، ނާމްއާއި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯރޕަރޭޝަން ސާކްގެ ތެރެއިން ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ވެސް ދެ ފަރާތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.