ޑައިވިންއަށް ގޮސް އުޅުނު ފަތުރުވެރިއެއް ދޯންޏެއްގެ ބުރަފަތީގައި ޖެހި، އެއް ފައިން ބައެއް ބުރިވެއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، ހުޅުމާލެއާ ދިމާ ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަށް، ޑައިވް ކުރަން ގޮސް މައްޗަށް އެރި ވަގުތު، ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި، އުމުރުން 63 އަހަރުގެ އަންހެން ފަތުރުވެރިއެއްގެ އެއް ފައިގެ ކަކުލުން ތިރިން އެއްކޮށް ބުރިވެފައިވާ ކަމަށެވެ.

އެމެރިކާއަށް ނިސްބަތްވާ، އެ ފަތުރުވެރިޔާއަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، މިކަން އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މިކަން ހިނގިކަން ފުލުހުންނަށް ހުށަހެޅީ، މިއަދު ހެނދުނު 8:30 ހާއިރުއެވެ.