ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާވަޑާން މަރާމާތުކޮށް ކުރިއަށް އޮތް ހުޅުވަން މަސައްޖަތް ކުރަމުންދާ ކަމަށާއި، މި މަޝްރޫޢުގެ މަސައްކަތް މި ހަފްތާގައި ފެށޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެތަން މަރާމާތު ކުރަން ފަށާނެކަން މިނިސްޓަރު ހާމަ ކުރެއްވީ އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ.

މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެފައި ވަނީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާވަޑާން މަރާމާތުކުރާނީ ކުރިއަށް ވުރެ ފުރިހަމަކޮށް ކަމަށެވެ.

ރޯދައަށް އެތަން ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އެމްޓީސީސީގެ ސީއެސްއާރްގެ ދަށުންނެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރު ‏“އަސުރަށް“ މިއަދު ވިދާޅުވީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި ހަފްތާގައި ފެށިގެންދާނެ ކަމަށެވެ.

ިއެމްޓީސީސީން ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތު ކުރަން ތައްޔާރުވެފައިވާއިރު، ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ވެސް، ވިލިމާލޭގައި ޕާކެއް މަރާމާތު ކުރުމުގެ މަސައްކަތް ފަށަން ދާދި ފަހުން އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.