ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެން ދޭ ގޯތިތަކުގެ ތެރެއިން މިހާތަނަށް ނުހިއްކާ ހުރި ބިންތަކުން ގޯތި ލިބޭ މީހުންނަށް އެ ތަން ހިއްކާ ނިމުމުން ރަޖިސްޓްރީ ލިބޭނެކަން ޔަޤީން ކޮށްދިނުމުގެ ގޮތުން ލިޔުމެއް ދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
”ހުރިހައި ދިމާތަކެއް ހިއްކާ ރަޖިސްޓްރީ ހަވާލުކޮށްދީ ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަުގެ ޔަޤީންކަން ރައީސް ދެއްވާ. ގުޅީފަޅުގައި އިންފްރަރސްޓްރަކްޗަރ ޤާއިމްކުރުމަށްޓަކައި ޗައިނާގެ ކޮންޓްރެކްޓަރަކާއެކު ސޮއިކުރެވިފައި ވަނީ. ގިރާވަރުފަޅުގައި އިންފްރަރސްޓްރަކްޗަރ ޤާއިމްކުރުމަށްޓަކައި ޗައިނާގައި ބޭއްވި އިންވެސްޓް ފޯރަމްގައި ޕްރޮޕޯސަލްތައް ހުށައަޅާ ވަރަށް ގިނަ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭ. މަޝްވަރާތައް ކުރިއަށް އެބަދޭ.“ ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ، މި ހަތަރު މަސައްކަތްވެސް އެކުއެކީގައި އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާކަމަށެވެ.
އަދި ބިންތައް ހިކެމުންދާ ވަރަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރަމުން ގެންދާނެ ކަމަށާއި ވަގުތީ ގޮތުން ލިއުމެއް ދެވެން އޮތް ފަރާތްތަކަށް އެފަދަ ލިއުމެއް ދިނުމަށް މަސައްކަތް ކުރައްވާކަމަށެވެ.
