އިސްލާމިކް މިނިސްޓްރީގައި އޮތް 27 މިލިޔަން ރުފިޔާގެ ދަރަނި ދައްކާ ޚަލާސްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. ޝަހީމް މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބޭއްވި މިނިސްޓަރުންގެ ފުރަަތަމަ ޕަބްލިކް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

”އަހާ“ ނަމުގައި ކުރިއަށްގެންދާ ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވެވަޑައިގެންނެވިއިރު އިސްލާމިކް މިނިސްޓްރީގެ ދަރަނި 27 މިލިޔަން ރުފިޔާއަށް އަރާކަމަށެވެ.

ނަމަވެސް ވެރިކަމުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ދަރަނި ދެއްކުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، 27 މިލިޔަން ރުފިޔާގެ ދަރަނި ދައްކާ ޚަލާސްކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާދެއްކުމާއެކު ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށާފައިވާކަމަށެވެ.

އަދިބލަސްތަކެއް ނުވެ އެތަންތަނުން ޚިދުމަތް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.