ވިއްސާރައިގައި ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން މ. އަތޮޅާހަމައަށް ހުދު ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް)އިން ނެރުނު އެލާޓުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން އެލާޓު ނެރެފައިވަނީ ހަވީރު 16:00 އިން މިރޭ 21:00 އާއި ހަމައަށެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިޔަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ވެސް މެޓުން ލަފާ ކުރެއެވެ.