ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ދެ މަސް ބޯޓު އަތުލައިގެންފިއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ބެލެވޭ ބޭރުގެ ދެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ދެ ބޯޓު ނިސްބަތްވަނީ ކޮން ޤައުމަކަށް ނިސްބަތްވާ ބޯޓުތަކެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ މަސް ބޯޓުތައް ދޭތެރެއިން އެމްއެންޑީއެފް އަތުލައިގަނެއެވެ.