ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައި ވަނީ، ށ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ހަމައަށެވެ. އެލާޓުގެ ވަގުތަކީ މިއަދު ހެނދުނު 6:30އިން ފެށިގެން މެންދުރު 12:30އާއި ހަމައަށެވެ.

މި އެލާޓުގައި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ި