ތެލަަސީމީއާ ބައްޔަށް ޚާއްޞަކޮށްގެން ރާއްޖޭގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލް އިމާރާތް ކުރާނީ ހުޅުމާލޭގައި ކަމަށް ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ވަނީ އެ ހޮސްޕިޓަލް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ އިރު އެކަމަށް 71،000 އަކަފޫޓުގެ ބިމެއް ވެސް މިހާރު ލިބިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތެލަސީމިއާގެ އިތުރުން އާންމު އެހެން ބަލިތަކަށްވެސް ފަރުވާ ދެވޭ ގޮތަށް ހަދާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ތެލަސީމިއާ ހޮސްޕިޓަލް އަޅަން އުރީދޫން 100 މިލިއަން ރުފިޔާގެ އެހީއެއް ސަރުކާރަށް ދޭން ނިންމާފައިވެއެވެ.

ސަރުކާރުން ބުނެފައި ވަނީ އެ ހޮސްޕިޓަލު ގާއިމުކުރަން 25 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.