ރާއްޖޭގެ ނުވަލައްކަ އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު، ހުއްޓުމެއް ނެތި ބެލެހެއްޓުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާގައި ދާދި އަވަހަށް ޤާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، އެމަނިކުފާނުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުންނެވެ. ރައީސް ވަނީ ކަނޑާ، އެއްގަމާ ވައިގެ މަގުން ވެސް ޤައުމު ދިފާޢު ކުރުމުގެ މުހިންމުކަމާއި، އަސްކަރިއްޔާގެ ޤާބިލުކަން އިތުރު ކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.
ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާ އެއްވެސް ކަމެއްގައި، އެއްވެސް ފަރާތަކަށް ދޫ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދަން އެ ޤައުމުގެ ސަރުކާރުގައި ދަންނަވާފައިވާކަން ފާހަގަކުރައްވައި، އެކަމަށް އެ ޤައުމުން އެއްބަސްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ އިންތަކާ، ކަނޑު އަޑީގެ ޗާޓުތައް ކުރަހާ، ކަންކަން ބެލުމުގެ އިޙްތިޔާރު އެ ޤައުމަށް ލިބިދޭނެ އެއްބަސްވުން އައު ނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
(ތަފްޞީލު އަންނަނީ…)
