ނެމީބިއާގެ ރައީސް ހާގޭ ގެންގޮބް، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން 2024 ފެބުރުވަރީ 7 ވާ ބުދަ ދުވަހުގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މި ކަން އިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.
ނެމީބިއާގެ ރައީސް ހޭޖް ޖީންގޮބް އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
އުމުރުން 82 އަހަރުގެ ޖީންގޮބް އަވަހާރަވީ ނެމީބިއާގެ ވެރިރަށް ވިންދޮއެކްގެ ލޭޑި ޕޮހަމްބާ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.
ނެމީބިއާގެ ތިންވަނަ ރައީސް ޖީންގޮބް ވެރިކަމާ ހަވާލުވެ ވަޑައިގެންފައި ވަނީ 2015 ވަނަ އަހަރެވެ. އަދި އެމަނިކުފާނު ފުރުއްވަމުން ގެންދެވީ އެ ގައުމުގެ ރައީސްކަމުގެ ދެވަނަ ދައުރެވެ.
