ރާއްޖޭގައި އަލަށް އިމާރާތް ކުރެވޭ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަކީ އަސާސީ ކަމަކަށް ހައްދަވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހާރު ފަށާފައިވާ މިސްކިތްތައް ބިނާ ކުރުމުގެ މަޝްރޫއުއާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އަސާސީ ކަމެއްގެ ގޮތުގައި މަޝްރޫއުގެ ތެރެއިން، މިސްކިތް ނިމޭ އިރު ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫއުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ހަމަޖައްސައިގެން ކުރިއަށްދާނެ ކަމަށެވެ.

އަދި އޭގެ ބޭނުމަކަށްވާނީ މިސްކިތްތައް އޭސީ ކުރުމަށް މަގުފަހިކޮށް އެކަމަށް ބޮޑު ލުޔެއް ހޯދުންކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.