ދެވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި މާރާމާރީ ހިންގި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ ހަތްވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ 81 މިނެޓުގައި ކުޅުން ހުއްޓައިލީ ވިކްޓްރީގެ ކުޅުންތެރިއަކާ ކުޑަހެންވޭރު ކުޅުންތެރިއަކާ ދެމެދު ހިނގި ހަމަނުޖެހުމަކަށްފަހު، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ކުރިން ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ.
އެ މީހުންނަށް ކުރަނީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރު ދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގިކަމުގެ ތުހުމަތެވެ.
މި މައްސަލާގައި ފަހުން ހައްޔަރުކުރީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ.
