ފަސްލައްކަ ރުފިޔާގެ ސްކޭމެއްގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައިވާ 500,000 ރުފިޔާގެ ސްކޭމް މައްސަލައިގެ ތުހުމަތުގައި 23 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މި މަހުގެ 17 ގައި ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
