ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޓްޑީސީ)ގެ ޗެއާމަންގެ މަޤާމަށް ކުރީގެ ވަޒީރު އަޙުމަދު ޒުހޫރު، އިއްޔެ ހަމަޖައްސައިފިއެވެ.

ޒުހޫރަކީ ޕީޕީއެމްގެ ކުރީ ސަރުކާރުގައި ގިނަ މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ޒުހޫރު ވަނީ ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރުގެ ނަޤާމު ފުރުއްވާފައެވެ.

މީގެއިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވެއެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަން ކުރެއްވި އިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް ރަޝީދެވެ.

ބޯޑުގެ ޗެއާގެ އިތުުރުން އެ ކުންފުނީގެ ބޯޑުގައި 8 ބޭފުޅުން ތިއްބަވައެވެ.