ރަމަޟާން މަހު މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައި އިއުލާނުކޮށްފިއެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލޭނެ އާންމުކުރީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ރޭ ކުރި އިއުލާނެއްގައެވެ.

ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނެ ގަޑިތައް:

ހެނދުނު 9:30 އިން ހަވީރު 16:30 އަށް

ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށް

މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް:

ހެނދުނު 6:00 އިން ހަވީރު 9:30 އަށް

ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނެ ގަޑިތަކަކަކީ ހެނދުނު 6:00 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށެވެ.

މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތަކަކީ ހަވީރު 16:30 އިން ރޭގަނޑު 20:00 އަށެވެ.

މި އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެ ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން 750 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މި ގޮތަށް އަމަލުކުރުމަށް އަންގާފައެވެ.