ބޭނުންވާ ތަކެތި:

2/1 2 މޭޒުމަތީ ސަމުސާ ބަޓާރު

1 ޖޯޑު ގެރިކިރު

2/1 ޖޯޑު ކޮކޯ ޕައުޑަރ

1 ޕެކެޓް މާރީ ބިސްކޯދު

40 ގުރާމް ކަނަމަދު

10 ކެސޫ ނަޓް

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ މާރީ ބިސްކޯދު ބޮޑެތި ކޮށް ފުނޑު ފުނޑުކޮށްލާށެވެ. އަދި ކަނަމަދާއި ކެސޫ ނަޓް ކުދިކޮށްލައި، ޓްރޭއެއްގައި ބަޓަރު ހާކާލާށެވެ.

އުނދުންމައްޗަށް ތެއްޔެއް އުދާ އޭގެ ތެރެއަށް ގެރިކިރު، ކޮކޯޕައުޑަރު އަދި އެސެންސް އަޅައި ރަނގަޅަށް އެއްކުރަމުން މަޑު ގިނީގައި 3-5 މިނެޓް ކައްކާލާށެވެ. ދެން ފުނޑުވާލި ބިސްކޯދު ކޮޅާ މަދު އަދި ނަޓްސް ކޮޅު އަޅާ އެކޮށްލާށެވެ. ރަނގަޅަށް އެއްވީމާ އުނދުން ނިވާލާފައި ކުރިން ތައްޔާރުކޮށްލި ޓްރޭއަށް އަޅާލާފައި އެއްވަރުކޮށްލާށެވެ.

އެއްފަހު ޓްރޭ ފުރިޖަށްލާފައި ދެ ގަޑި އިރުވަންދެން ފުރިޖުގައި ބެހެއްޓުމަށްފަހު ނަގާފައި ގޮޅި ގޮޅިއަށްވާގޮތަށް ކަފާލާށެވެ.