އައިޖީއެމްއެޗުގައި ކުރިން ނަމާދުގެއެއްގެ ގޮތުގައި ބޭނުންކުރި ތަން  މަރާމާތަށް ފަހު، އަލުން ހުޅުވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އައިޖީއެމްއެޗް މިސްކިތް ބަންދުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައެވެ.

އެ މިސްކިތް އޭރު ބަންދުކުރީ، ހޮސްޕިޓަލުގެ މަސައްކަތްތަކެއް އެ މިސްކިތާ އިންވެގެން އޮންނަ ހުސްތަނުގައި ކުރުމަށެވެ.