މަގު މައްޗަށް ކުނި އަޅާތީ މިދިޔަ މަހުން ފެށިގެން 100 ފަރާތެއް ޖޫރިމަނާކޮށްފިއެވެ.
ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތަކަށް ކުނި ނެރެ، ބެހެއްޓުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ކުނި އެޅުން ގިނަވެފައިވާއިރު، މާލެ ސިޓީ ކައުންސިލުން ގެންދަނީ ކުނި ނެގުމަށް މަސައްކަތް ކުރަމުންނެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ކުނި އަޅައިގެން މިދިޔަ މަހުން ފެށިގެން މިހާތަނަށް 100 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށާއި، އެ ފަރާތްތައް ޖޫރިމަނާކުރީ 500 ރުފިޔާއިން ކަމަށެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިދިޔަ 15 ދުވަސްތެރޭ 200 ޓަނުގެ ކުނި މާލެ ތެރެއިން ނެގިފައިވާ ކަމަށެވެ. އެއީ 25 ފޫޓުގެ 8 ކޮންޓޭނަރުގެ ކުންޏެވެ.
