ރަމަޟާން މަހަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް ދޫކުރަމުން ދާނީ ރޭގަނޑު 9:00 އިން 12:00 އަށް ކަމަށް ކަނޑައަޅައިފިއެވެ.

ސަރުކާރުން ރޯދަމަހަށް ހާއްސަ ކޮށްގެން ކޮންމެ ގޭބީސީ އަކަށް ދޫކުރަން ނިންމާފައިވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ދޫ ކުރަން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އަދި އާދިއްތަ ދުވަހުގެ މެންދު 12:00 އާ ހަމައަށް ޖުމްލަ 1،723 ބަސްތާގެ ހަނޑޫ އަދި ފުށް ވަނީ ދޫކޮށްފައެވެ.

މާލެ ސަރަހައްދުގައި ހަނޑުލާއި ފުށް ދޫކުރަމުންދާ ސަރަހައްދުތަކަކީ ލޮޅު ދަނޑާއި، އާންމު ހިދުމަތްތަކާއި ބެހޭބައި (މާލެ ސިޓީ ކައުންސިލް)އާއި ސޯޝަލް ސެންޓަރެވެ.

ހުޅުމާލޭގައި އުމަރު ޒާހިރު ބިލްޑިން – ފޭސް 1، ވިނަރެސް ޓަވަރު 10 – ފޭސް 2އެވެ.

ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ވަނީ މިދިޔަ ބުދަ ދުވަހު ދޯނިތަކަށް ބަރުކުރަން ފަށާފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.