ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަރު ”ފިޔަވަތި“ އަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފިއެވެ.
އެމް.ޕީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ފިޔަވައްޗަށް ޖުމްލަ 35 ދަޅުމަސް ކޭސް ވަނީ ހަދިޔާކޮށްފައެވެ.
އެމްޕީއެލްގެ ފަރާތުން މަސްދަޅު ކޭސްތައް ރަސްމީކޮށް ހަވާލުކޮށްދެއްވުމަށް އެމްޕީއެލްގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާ އާއި ޖެނެރަލް މެނޭޖަރ އަޙްމަދު ސަލީމް އަދި ޖެނެރަލް މެނޭޖަރ އަލީ ޖައުފަރު ވަނީ މިއަދު ހެނދުނު ފިޔަވައްޗަށް ވަޑައިގެން، އެ މަރުކަޒުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ.
އެމްޕީއެލްގެ ސީއެސްއާރްގެ ދަށުން މީގެ ކުރިންވެސް ފިޔަވައްޗަށް ވަނީ ތަފާތު އެހީތައް ފޯރުކޮށްދީފައެވެ.
