ކ.ކާށިދޫގައި އެހެލާފައި އޮތް ދޯޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ 12:30 ހާއިރެވެ. ދޯނީގައި އަލިފާން ހިފިއިރު ކައިރީގައި އޮތް އިތުރު ދެ ދޯންޏެއްގައި ވެސް އަލިފާން ހިފާފައިވެއެވެ. މިގޮތުން އަލިފާން ހިފާފައި ވަނީ ބޮޑު 2 ދޯންޏާއި ކުޑަ ދޯންޏެއްގައެވެ.

މި ހާދިސާ ހިނގަން ދިމާވި މައިގަނޑު ސަަބަބެއް ނޭނގުނު ނަމަވެސް، ދޯނީގައި އަލިފާން ހިފާނެ ޒާތުގެ އެއްޗެއް ނެތުމުން، މިއީ ގަސްތުގައި ބަޔަކު ކޮއްފައިވާ ކަމެއްކަށް ތުހުމަތު ކުރެވޭ ކަމަށް އެ ރަށު ކައުންސިލުން ބައެއް މީޑިއާތަކަށް ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.