ކުރީ ސަރުކާރުގެ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާގޮތަށް ދޫކުރި ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ގޯތި ހަވާލުކުރުން އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް އެޗްޑީސީން ދަނީ ކުރަމުންނެވެ.
އެގޮތުން، ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއ،ި ބައެއް ގޯތިތަކަށް އަރާފައިވާ ފެނާ ނަރުދަމާގެ ނެޓްވޯކް ބަދަލުކުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އެބަދެއެވެ.
އެޗްޑީސީން މި ގޯތިތަކުގެ އިން ވަކިކޮށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެކަމަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
