ރަމަޟާން މަހުގެ ފަހު 10ގައި ސްޓެލްކޯއިން ހިދުމަތްދޭ ގަޑިތައް ކަނޑައަޅާ އާންމުކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ މި ރޯދަމަހުގައި އެ ކުންފުނީގެ ކަސްޓަމަރ ސާވިސް، އިންފޮމޭޝަން ކައުންޓަރުން ހިދުމަތް ދެމުން ގެންދާނީ 11:00 އިން މެންދުރު 13:00އަށް ކަމަށެވެ.
އަދި ސޭލްސް ކައުންޓަރުން 13:00 އިން 16:00 ދޭނެކަމަށް ކުންފުނިން ބުނެއެވެ. އަތޮޅު އިންޖީނުގެތަކުން މި ހިދުމަތްދޭނީ 11:00 އިން 12:00 އަށްކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ޝައްވާލުމަހު ސްޓެލްކޯއިން ހިދުމަތް ދޭނެގޮތް އަދި އިއުލާންކޮށްފައެއް ނުވެއެވެ.
