ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ހިޔާ ސަރަހައްދުގެ ރައްޔިތުންނާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ބައްދަލު ކުރައްވާނެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނާ ގޮތުގައި، ރައީސްގެ މި ބައްދަލުވުން އޮންނާނީ މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގައި، މިރޭ 9:45ގައެވެ.
ރައީސް މުއިއްޒު މިރޭ ހިޔާ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލު ކުރައްވަން ނިންމެވިއިރު، ފުށިދިއްގަރުފަޅު މަޝްރޫއުއާއި ގުޅޭ ތަފްސީލު މިރޭ ހާމަ ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މައްޗަންގޮޅި އުތުރު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ، ބަޖެޓު ފާސްކުރި އިރުގައި ފުށިދިއްގަރުފަޅު ހިއްކަން ޖެހި 400 މިލިއަން ރުފިޔާ އުނިކޮށްލި ގޮތަށް ދެން ވެސް އެކިކަހަލަ ހުރަސްތައް ކުރިމަތިކުރާނެ ކަމަށެވެ.
