އުމްރާގެ އަޅުކަން އަދާ ކުރަން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ރަވްދާ ލިލް ހައްޖު ވަލް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރަމުންދިޔަ ގދ. ނަޑެއްލާ މޫނިމާގޭ އުމުރުން 74 އަހަރުގެ އައިޝަތު އިބްރާހީމެވެ.

އައިޝަތު ނިޔާވެފައިވަނީ މައްކާގެ ޖިއްދާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ.