ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ކެބިނެޓަށް ބަދަލު ގެންނަވަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ރައީސް މުއިއްޒު އެންމެ ފަހުން ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފައި ވަނީ ސެޕްޓެމްބަރު 30 ގައެވެ.

އޭރު ހެލްތު މިނިސްޓަރު ހަލީލް، ފޮރިން މިނިސްޓަރަކަށް، ފިނޭންސް މިނިސްޓަރަކަށް މޫސާ ޒަމީރު، އަދި ހެލްތު މިނިސްޓަރަކަށް ނާޒިމް އައްޔަން ކުރައްވާފައި ވެއެވެ. މޫސާ ޒަމީރު ކުރިން ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ.