”ބިންވެރިޔާ“ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު މީހުންނަށް ގޯތިތައް ދޫކުރުމުގެ ތައްޔާރީތައް ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
މިގޮތުން މި ސަރަހައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީއާ ގުޅިގެން އެޗްޑީސީން ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރީ މޯލްޑިވްސް އެއާޕޯޓް ކޮމެޕެނީ (އެމްއޭސީއެލް)އިންނެވެ.
އެ ޑްރެޖަރަކީ އެއް ފަހަރާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ކެޕޭސިޓީ ހުރި ޑްރެޖަރު ކަމަށްވާ ޕްރިންސް ދަ ނެދަލޭންޑެން އަދި އޮރެންޖް އިންނެވެ. އެ މަޝްރޫއުގެ މަސައްކަތް ނިންމައިލީ، މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅެވެ.

