ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އުފެއްދެވި ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އާއި ގުޅިވަޑައިގެންފިއެެވެ.

އޭނާ އެމްޓީޑީއާ ގުޅިވަޑައިގެންނެވިއިރު، ކުރިން މެމްބަރެއްގެ ގޮތުގައި ހުންނެވި ޕާޓީ ޕީޕީއެމްއިން ވަނީ ވަކި ވެފައެވެ. މުއާޒު ޕީޕީއެމުން ވަކިވީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނު ފަހުން މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

އެމްޓީޑީއާ ގުޅިވަޑައިގެންނެވި މުއާޒު ދާދި ފަހުން ކުރެއްވި ޓްވީޓްތަކެއްގައި އަދީބަށް ވަރަށް ބޮޑަށް ތައުރީފުވެސް ކުރައްވާފައިވެއެވެ. މުއާޒަކީ ސިޔާސީ މައިދާނުގައި މާ ހަރަކާތްތެރިކޮށް ފެންނަ މޫނެއް ނޫނެވެ.