ސިވިލް ކޯޓަށް ހާޒިރު ކުރަން އަންހެނަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.
ހޯދަނީ ހމ. ގޯތި 10170 (އަލަމާފެހި) / މާލެ، އައިޝަތު ސިފްލާ، 39 އެވެ.
ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އެހެންވެ ސިފްލާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދިނުމަށް ފުލުހުން އެދިފައިވެއެވެ.

