ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އައްޔަނުކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ އެ މަގާމަށް އައްޔަނު ކުރީ، މި މަހުގެ ކުރީކޮޅުގައެވެ.
މާރިޔާ ވަނީ، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވައިފައެވެ.
އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މާރިޔާ އެންމެ ފުރަތަމަ ހުންނެވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައެވެ.

