މާލޭގައި ހިންގި މާރާމާރީއެއް މީހަކު ޒަހަމްކޮށްލައިފިއެވެ.

ގަލޮޅު، ހުވަފެނީގޯޅީގައި މާރާމާރީ ހިންގާފައިވަނީ ރޭ މެންދަމު 2:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗްގައި އެމީހާއަށް ފަރުވާދެމުންދާ ކަމަށެވެ.

އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ހޯދުމަށް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.