މަސްޖިދުލްހަރަމްގެ އިމާމު އަދި ހަތީބު ފަޟީލަތުއްޝައިހު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން އިއުލާނު ކުރެއްވީ، ރޭ ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މިނިސްޓަރު ވިދާޅުވީ، އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ތާރީހު ފަހުން އިއުލާން ކުރައްވާނެކަމަށެވެ.
މިއީ 43 އަހަރު ފަހުން މަސްޖިދުލް ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރަށް ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިހު މުހައްމަދު އައްސުބައްޔިލެވެ.
2025 ވަނަ އަހަރު މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހު ޑރ. ބުދައިރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

