އަބޫދާބީގެ ”އީގަލް ހިލްސް“ އިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއުގެ ވީޑީއޯ ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ހިއްސާ ކުރައްވައިފިއެވެ.

މިނިސްޓަރު މުއްތަލިބު އެކްސްގައި ހިއްސާ ކުރެއްވި ވީޑިއޯގައި ރެސިޑެންޝަލް ޓަވަރުތަކާއި ވޯޓާފްރަންޓް ޓައުންހޯމްތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި ކެފޭ، ރެސްޓޯރަންޓްތައްވެސް ހިމެނެއެވެ.

20 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

މި މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރިމެންޓްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

ދުނިޔޭގެ ފެންވަރުގެ މެރީނާއެއްވެސް ހިމެނޭ މި މަޝްރޫއުގައި ވޯޓާފްރަންޓް ސަރަހައްދުތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ސެންޓަރުތައް ހިމެނެއެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އީގަލް ހިލްސް އިން ބުނެއެވެ.